ފަސޭހަ ގޮތް އިހުތިޔާރުކުރުމުގެ ބަދަލުގައި މި ސަރުކާރުން އިހުތިޔާކުރަނީ ރަނގަޅު ގޮތްކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ޢާޓިފިޝަލް ބީޗުގައި އޮތް ވެރިކުރަން ކުރާ ޕީއެންސީގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ، ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ކަމުގައިވާ، މަސްތުވާތަކެތީގެ މައްސަލަ އާއި، ގޭންގު ކުށުގެ މައްސަލަ އާއި، ބިދޭސީންގެ މައްސަލަތައް ޙައްލުކުރެއްވުމަށް މަސައްކަތް ކުރައްވަނީ، ފަސޭހަ ގޮތްތައް އިޚުތިޔާރުކުރެއްވުމުގެ ބަދަލުގައި، ރަނގަޅު ގޮތް އިޚުތިޔާރުކުރައްވައިގެން ކަމަށެވެ.
އެގޮތުން، އެ ދާއިރާއިން ކުރެވިފައިވާ އަދި ކުރެވެމުންދާ މަސައްކަތްތަކުގެ ކާމިޔާބީ އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ. ކުރަނގި އޮޕަރޭޝަނާއި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހަރުކަށި އަދަބު ކަނޑައެޅުއްވުމާއި، އިއްޔެ ފެށި ޚާއްޞަ އޮޕަރޭޝަނާއި، ޝަރުޢީ ދާއިރާއަށް ފުރިހަމަ ބާރުވެރިކަން ހޯއްދަވައިދެއްވައިގެން ޢަދުލު އިންސާފު ކަށަވަރުކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މިރޭގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ، ސަރުކާރުގެ ގިޔަމުތަކާއި ސިޔާސަތުތައް ބައްޓަން ކުރެވިފައިވާ ގޮތާއި، ތަރައްޤީގެ މަސައްކަތްތައް ތަރުތީބުކުރައްވާ ގޮތުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ.
އެގޮތުން، މި ސަރުކާރުގެ ހުރިހާ ސިޔާސަތެއް ބިނާކުރައްވާފައިވާ މައިގަނޑު ތިން ދާއިރާ ކަމުގައިވާ، ހަމަޖެހުން، ތަރައްޤީ އަދި ރައްކާތެރިކަމުގެ މައްޗަށް އެމަނިކުފާނު ތަފްޞީލުކޮށް ވާހަކަފުޅުދެއްކެވިއެވެ.
އަދި މި ސަރުކާރުގެ ސިޔާސަތުގެ އެންމެ މުހިންމު ތަނބަކީ އިސްލާމް ދީންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




