ދިވެހިރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ މަޝްރުޢޫއަށް އަހުދުވެފައިވާ އެސްޑީއެމްވެންޗާސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ގއ ދާންދޫގެ ހިއްކި ސަރަހައްދުގައި، ފަތުރުވެރިކަމާއި ތިމާވެއްޓައި ބެހޭ ވުޒާރާ، ކައުންސިލް އަދި މުއައްސިސާތަކާއި ގުޅިގެން ގަސް އިންދުމުގެ ޙަރަކާތެއް ހިންގިފައިވެއެވެ. މި ޙަރަކާތުގައި ޖުމުލަ 3000 ގަސްްް ވަނީއިންދާފައެވެ.
މި ޕްރޮގްރާމް ހިންގިފައިވަނީ ޤައުމީ ފެންވަރުގައި ހިންގޭ 5 މިލިއަން ގަސް އިންދުމުގެ މަޝްރުޢޫގެ ދަށުން ދާންދޫގެ ރަށު ތިމާވެށި ރައްކާތެރިކޮށް، ގަސްގަހާ ގެހި ގިނަކުރުމުގެ މަޤްސަދުގައެވެ. މި ހަރަކާތުގައި އެސްޑީއެމް ކުންފުނީގެ މުވައްޒިފުންނާއި، މަދަރުސާ ކުދިންނާއި، ދާންދޫ ކައުންސިލް އަދި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.
އިންދިފައިވާ 3000 ގަހުގެ ސަބަބުން ދާންދޫގެ ހިތްފަސޭހަކަން އިތުރުވެ، އަލަށް ހިއްކި ސަރަޙައްދު އާރޯވެގެން ދާނެކަމަށް ދާންދު ކައުންސިލުން ފާހަނގަކުރެއްވިއެވެ. މިފަދަ ޙަރަކާތްތަކުގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމަށް ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުވެ، ގަސް އިންދުމުގެ ސަގާފަތެއް އުފެދިގެން ދާނެ ކަމަށް އެސްޑީއެމް ކުންފުނިން ބުނެއެވެ.
5 މިލިއަން ގަސް އިންދުމުގެ މަޝްރުޢޫގެ ދަށުން މިހާތަނަށް 769439 ގަސް ވަނީ އިންދާފައިވާއިރު މި އަހަރުގެ އަމާޒަކީ 1 މިލިއަން ގަސް އިންދާ ހަމަ ކުރުން ކަމަށްވެސް މި މަޝްރުޢޫ ހިންގުމާއި ހަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރ އަހްމަދު އަތީފް މައުލޫމާތު ދެއްވިއެވެ.
އަދި މިހާތަނަށް 6.4 މިލިއަނަށްވުރެ ގިނަ އަހުދު ލިބިފައިވާކަމަށްވެސް ފާހަނގަ ކުރެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




