މިރޭ ފެށުމަށް ހަމަޖެހިފައިވާ ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރަތުގެ ޙާފިޡުންގެ ގޮފީގެ ބައިވެރިންގެ އަދަދަށް ފާހަގަކޮށްލެވޭ ވަރުގެ ބޮޑު ކުރިއެރުމެއް ލިބިއްޖެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.
އެގޮތުން އެ ވުޒާރާއިން ބުނީ، މިއަހަރުގެ މުބާރާތުގެ ޙާފިޡުންގެ ގޮފީގައި 31 ޙާފިޡުން ވާދަކުރާއިރު މިއީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރަތާއި ބަލާއިރު ބޮޑު ކުރިއެރުމެއްކަމަށާއި ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި ޙާފިޡުންގެ ބައިގައި ވާދަކޮށްފައިވަނީ 15 ޙާފިޡުންކަމަށެވެ.
އަދި ި މަހުގެ 18 އިން 26 ގެ ނިޔަލަށް ކުރިއަށް ގެންދާ ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި 119 މުއައްސަސާއަކުން 1037 ފަރާތަކުން ވާދަކުރާނެކަމަށާއި އެއީ ބަލައިގެން ކުޔެވުމުގެ ގޮފީގައި 582 ފަރާތަކުންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ފަރާތަކުންނާއި ޙާފިޡުންގެ ގޮފީގައި 31 ޙާފިޡުންކަމަށްވެސް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
މުބާރާތުގެ ކިޔެވުން ސަލާމްން ރަސްގެފާނު މިސްކިތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން ރަސްގެފާނު މިސްކިތުގެ 4 ވަނަ ފަންގިފިލާ އޮޑިޓޯރިމްގައެވެ. އަދި ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން ރަސްގެފާނު މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައެވެ.
މުބާރާތުގެ ޙާފިޡުންގެ ގޮފީގައި ވާދަކުރާ ޙާފިޡުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު، ޙާފިޡުން އުފެއްދުމާއި ޙާފިޡުންގެ އަގުވަޒަން ކުރުމަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިހާރު ޙާފިޡުންނަށް ދެމުންދާ އެލަވަންސް 4000 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު ޙާފިޡުން ދަސްވެނިވުމަށް ޚާއްސަކޮށް މިއަހަރުން ފެށިގެން ރަމަޟާން މަހުގެ 27 ވިލޭރޭ ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވަން ފަށަފައިވާކަން ފާހަގަކޮށްލެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




