ނަފްސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް ކަސްރަތުގެ ތެރެއިން ދުޅަހެޔޮކަން ކުރިއެރުވުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންއިން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައްކޮށްފައިވަނީ ބޭއްވި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ނަފްސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް، މަރުކަޒުންނާއި އަދި މުޖުތަމައުއިން ކުޅިވަރާއި ކަސްރަތުގެ ތެރެއިން ދުޅަހެޔޮކަން ކުރިއެރުވުމާއިއެކު ދެމެހެއްޓެނިވި ފަހި ފުރުސަތުތަކެއް އެ ފަރާތްތަކަށް ޚާއްސަކޮށް ތަޢާރަފްކުރުމާއި ގުޅޭގޮތުން ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްގެ އިސްވެރިންނާއި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ އިސް ވެރިން ބައިވެރިވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




