ކުޅުދުއްފުށީ ވިޔަފާރިބަނދަރަށް މުދާއިމްޕޯޓްކުރާއިރު، މީގެކުރީންހަމަޖެހިފައިނުވާ ޚިދުމަތްތަކެއް މިހާރުވާނީ އެބަނދަރުގައި ޤާއިމްކުރެވިފައިވާނެކަމަށް އިޤުތިޞާދީި ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ކުޅުދުއްފުށީ ވިޔަފާރިބަނދަރަށް މުދާއިމްޕޯޓްކުރާއިރު، މިހާރު ޑިއުޓީ ނުނަގާ ގިނަދުވަހަށް މުދާރައްކާކޮށް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެހިފައިވާނެކަމަށާއި އެ ބަނދަރު ހިންގާ ސަރަހައްދު އެއީ ޑިއުޓީފްރީކޮށް ގިނަދުވަހު ރައްކާތެެރިކަމާއިއެކު މުދާބެހެއްޓޭނެ ސަރަހައްދަކަށް ހަދާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުޅުދުއްފުށީ ވިޔަފާރިބަނދަރަށް މުދާއިމްޕޯޓްކުރާއިރު، މީގެކުރީންހަމަޖެހިފައިނުވާ ޚިދުމަތްތަކެއް މިހާރުވާނީ އެބަނދަރުގައި ޤާއިމްކުރެވިފައި. އެއީ ޑިއުޓީނުނަގާގިނަދުވަހަށް މުދާރައްކާކޮށްބެލެހެއްޓޭނެ އިންތިޒާމް. ބަނދަރު ހިންގާސަރަހައްދު އެއީ ޑިއުޓީފްރީކޮށް ގިނަދުވަހު…
— Mohamed Saeed (@em_saeed) August 27, 2025
"އޭގެތެރޭގައި، ކެއިން ބުއިމަށް ބޭނުންކުރާ ބާވަތްތަކާއި، އަސާސީ މުދަލުގެ އިތުރުން، ކޮންސްޓްރަކްޝަން ދާއިރާއަށް އެތެރެކުރާ ބަލްކުކާގޯ ރައްކާތެރިކަމާއިއެކު ބެހެއްޓޭނެ. ރިއެސްޕޯޓް، ބަލްކްބްރޭކް އަދި ވެލިއުއެޑްކުރެވޭނެ ޖާގަ ބޭނުންވާފަރާތްތަކަށް އެފުރުސަތު ހަމަޖައްސައިދިނުމަށް އެމްޕީއެލްދަނީ މަސައްކަތްކުރަމުން." ވަޒީރު ވިދާޅުވެފައިވެއެވެ.
ކުޅުދުއްފުށީ ވިޔަފާރި ބަނދަރު ބޮޑުކުރުމަށާއި ޑްރައި ބްލޮކް ސްޓޯރޭޖް ޤާއިމުކުރުމުގެ މަޝްރޫއާ ގުޅޭ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައިވެއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޓްރޭޑްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުޙައްމަދު ސަޢީދު، އަދި އެމްޕީއެލްގެ ފަރާތުން، އެ ކުންފުނީގެ ސީއީއޯ ޑީިސީޕީ ރިޓަޔާޑް މުޙައްމަދު ރިޝްވާނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




