މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ދެކޮޅަށް އިހްތިޖާޖުކުރާ ނޫސްވެރިންނަށް ހަމަލާދިނުމަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލްމީޑިއާގައި ޕޯސްޓްތަކެއް ކުރި ކަމަށް ބުނާ މީހާ ބަންދުން ދޫކޮށްލައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ،ހިތަދޫ / އަތަމާވިލާ ޢުމުރުން 29އަހަރުގެ ޢަލީ ޣާނިމް މުފީދެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިރޭ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނީ ޢަލީ ޣާނިމް ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލާ ގުޅިގެން އިހުތިޖާޖު ކުރާ ފަރާތްތަކާ ދެކޮޅަށް ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް އެކްސްގައި ޕޯސްޓުތަކެއް ފެތުރި މައްސަލައަކާ ގުޅިގެންކަމަށާއި އެގޮތުން، ޓެރަރިޒަމަށް ހިތްރުދިނުމާއި، އޭގެ މަޢުލޫމާތު ފެތުރުމުގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފައިވާކަމަށެވެ.
މީގެއިތުރުން، ކުށެއް ކުރުމަށްޓަކައި ކުށުގެ ނިޔަތް އޮތުމުގެ ތުހުމަތާއި، ޢާންމު ތަނެއްގައި ހުރި އެއްވެސް މީހަކު، އެ މީހެއްގެ ޢަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، ޖާއިޒު މަޤްޞަދެއް ޙާޞިލު ނުވާނެ ޢަމަލަކުން ނުރައްކާތެރި، ނުވަތަ މީހުން ބިރުގަންނަފަދަ ޙާލަތެއް އުފެއްދުމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން އިތުރު މައުލޫމާތު ދެމުން ފުލުހުން ބުނީ، ޢަލީ ޢާނިމް މުފީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ ދޫކޮށްލައިފައިކަމަށެވެ.
ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓުތަކެއް ކުރި މީހަކު ހައްޔަރުކޮށްފި
ބަންދުން ދޫކޮށްލުމާގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް