19 އޮގަސްޓް 2025 ވީ އަންގާރަ ވަނަ ދުވަހު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ފަރާތުން ބާއްވާ މި އަހަރުގެ ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޢިލްމީ އަދި ތަޖުރިބާކާރު ބޭފުޅުން ބައިވެރިވާ ތެވެލި އިންޓަރނޭޝަނަލް ކޮންފެރެންސްގެ މި އަހަރުގެ ޝިޔާރަކީ ދިރާސާ، ޢިލްމީ ހެކިތައް އަދި ޢަމަލީގޮތުން ދިރާސާގެ ބޭނުން ހިފުމެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވުނު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ޚާރިޖީ ވުޒާރާގެ ވަޒީރު، ޑރ.އަބްދުﷲ ޚާލީލެވެ. އެ މަނިކުފާނު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ އާންމު މުޖުތަމަޢުގެ ތަރައްޤީއާއި ކުރިއެރުމުގައި ދިރާސާކުރުމުގެ ދައުރުގެ މައްޗަށް ވަނީ އަލިއަޅުވާލައްވައިފައެވެ. އެގޮތުން، ދިރާސާ އަދި ޢިލްމީ ހެކިތަކާއި ނުލައި، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމާއި ދުރާލާ ރޭވުމުގެ ހުނަރާއި ޤާބިލްކަން އަޅުގަނޑުމެންގެ ތެރެއިން ނެތިގެން ހިނގައިދާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މި ކޮންފެރެންސްގައި، ޑެންމާކްގެ ޔުނިވާސިޓީ އޮފް ކޮޕެންހަގެންގެ ފަރާތުން ޕްރޮފެސަރ އޮފް އިންޓަރނޭޝަނަލް ރިލޭޝަންސް، ޑރ. ކްރިޝްތިއަން ބައުގަރ، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ (އައި.އައި.ޔޫ.އެމް)ގެ ފަރާތުން އެސޯސިއޭޓް ޕްރޮފެސަރ، ޑރ. ނުރަޒުއްރާ މުޙައްމަދު ދިޔާގެ އިތުރުން އެހެނިހެން ޢިލްމީ ބޭފުޅުން ވަނީ ކޮންފެރެންސްގައި ބައިވެރިވެ، ކީ ނޯޓް ސްޕީޗް ދެއްވަވައިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް