ސަރުކާރުން ކުރިއަށް ގެންދާ ރެޒިޑަންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމާ ބެހޭ ސްޓޭކްހޯލްޑަރ މަޝްވަރާ ބައްދަލުވުންތައް ފަށައިފިއެވެ.
މިއީ މި ޕްރޮގްރާމް ޑިޒައިން ކުރުމުގެ އެންމެ މުހިއްމު އެއް މަރުޙަލާއެވެ. ގިނަ އިދާރާތަކެއް ބައިވެރިވާ މި މަސައްކަތު ބައްދަލުވުންތަކުގައި ދުރު މުސްތަޤުބަލުގައި ސަރުކާރުން ބޭނުންވާ އިޤްޠިޞާދީ ލަނޑުދަނޑުތައް ޙާޞިލްކުރުމަށް މަގުފަހިވާނެގޮތަށް ޕްރޮގްރާމް ބައްޓަންކުރުމަށް އަހައްމިޔަތުކަމެއް ދެވިގެންދާނެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ސަރުކާރާއި ހެންލޭ އެންޑް ޕާޓްނަރޒް އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 01 ޖުލައި 2025 ގައި ބޭއްވުނު މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމްގައެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖެއަކީ އިންވެސްޓްމަންޓަށް ފަހި މާޙައުލެއް ޤާއިމްވެފައިވާ މަންޒިލެއްގެ ގޮތުގައި ފައިތިލަ ސާބިތުކުރުމަށް މަގުފަހިވެގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް