ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ޒުވާނުން ވިޔަފާރީގެ މާހައުލަށް ޝައުގުވެރިކޮށް އަހުލުވެރިކުރުވުމުގެ ހަރަކާތެއް ރާއްޖޭގެ 12 ސަރަހައްދެއްގައި "ބިޒްނަސް ކޭމްޕް" ގެ ނަމުގައި ކުރިއަށްގެންގޮއްސިއެވެ.
މިއީ ރާއްޖޭގައި ކްރިއޭޓިވް އިނޮނޮމީއެއް ޤާއިމްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޒުވާނުން ވިޔަފާރިއަށް ޝައުގުވެރިކުރުވުމަށްޓަކައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މަޢުލޫމާތުލިބޭ ގޮތުގައި، މި ހަރަކާތް ޚާއްސަކޮށްފައި ވަނީ 16 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. ރާއްޖޭގެ އުތުރުން ފެށިގެން ދެކުނާހަމައަށް 12 ސަރަޙައްދެއްގައި ކުރިއަށްގެންދިޔަ މި ހަރަކާތައް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށްވެއެވެ.
"އިވެންޓްގެ މައިގަނޑު އެއް މަޤްސަދަކީ ޒުވާނުން ވިޔަފާރީގެ މައިދާނަށް ނެރުން. މި އިވެންޓާއި އެހެން އިވެންޓާއި ތަފާތުވާ މައިގަނޑު ސަބަބަކީ މި އިވެންޓު ބޭއްވިގެން މިދިޔައީ ޒުވާނުން ޝައުގުވެރިވާ ކަންތައްތަކެއްގެ ތެރެއިން ޒުވާނުން ވިޔަފާރީގެ ތެރެއަށް ވެއްދުމަށް. އެއީ ހަމަ މައިގަނޑު އެއް އަމާޒަކަށް ވެގެންމިދަނީ" ބީބީސީން ބުނެފައިވެއެވެ.
ކުދި ފަންތިއާ މެދުފަންތީގެ ވިޔަފާރިތަކުގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް ބީސީސީން ތަފާޓު ހަރަކާތްތަކެއް ކުރިއަށްގެންދެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް