ރާއްޖޭގައި ކެމިކަލްތަކާއި ކުނި މެނޭޖްކުރުން ހަރުދަނާކުރުމަށް ބޭނުންވާ މުއައްސަސީ ގާބިލުކަން އިތުރުކޮށް، ކެޕޭސިޓީ ބިލްޑިންގ ކުރުމުގެ މަޝްރޫޢުގެ ދަށުން، ކެމިކަލްސް މެނޭޖްމަންޓް ކޮންސަލްޓަންޓް އެސްޕްލޭން ޕްރައިވެޓް ލިމިޓެޑާއެކު ފުރަތަމަ ވޯކްޝޮޕް ބާއްވައިފިއެވެ.
މި ބައްދަލުވުން ބޭއްވުނީ ސަރުކާރުގެ އަދި ޕްރައިވެޓް ސެކްޓަރުގެ ކަމާބެހޭ ފަރާތްތަކުގެ ބައިވެރިވުމާއިއެކުގައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ނުރައްކާތެރި ކެމިކަލްތައް މެނޭޖްކުރުމާ ގުޅޭގޮތުން ސަރުކާރުގެ މިނިސްޓްރީތަކާއި މުއައްސަސާތަކުގެ ޓެކްނިކަލް ގާބިލުކަން ވަރުގަދަކޮށް، އެފަރާތްތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް އެހީތެރިވުމެވެ.
An Inception Workshop was held today with the Chemicals Management Consultant, ESPLAN Pvt Ltd, for the "Institutional Strengthening and Capacity Building for the Sound Management of Chemicals and Wastes in the Maldives" Project.
The meeting brought together stakeholders from the… pic.twitter.com/mzH6MkeGlu
— Ministry of Tourism and Environment (@MoTmv) August 12, 2025
މި މަޝްރޫޢުގެ ދަށުން، ކެމިކަލް މެނޭޖްމަންޓުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނުތަކާއި، އާ އުކުޅުތަކާއި، ވަސީލަތްތައް ފޯރުކޮށްދެވޭނެއެވެ. މިއީ ރާއްޖޭގެ ތިމާވެއްޓާއި ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށްޓަކައި، ކެމިކަލްތަކާއި ކުނި ރަނގަޅަށް މެނޭޖްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




