ބ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ. މިގޮތުން މިކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޞިއްޙީ ވުޒާރާގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު އަބްދުﷲ ނާޘިމް އިބްރާހީމެވެ. އަދި އާރުޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޘީމެވެ.
ބ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ކުރުމުގެ އެއްބަސް ވުމުގައި ސިއްޙީ ވުޒާރާ އާއި މި ކޯޕަރޭޝަނާ އެކު މިއަދު ވަނީ ސޮއި ކޮށްފައެވެ.#TeamRDC pic.twitter.com/GNDTVKuMBB
— Road Development Corporation Ltd (@rdcmaldives) August 11, 2025
540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެއްވި މި މަސައްކަތުގެ އަގަކީ 181.7 މިލިޔަން ރުފިޔާއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް