ފަރުމަހާއި މިޔަރާ މަޑީގެ އާބާދީ ދެނެގަތުމަށް މާލެ އަތޮޅުގައި ހާއްސަ ސާވޭ އެއް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންގޮސްފިއެވެ.
އެގޮތުން، މިމަހުގެ 3 ވަނަ ދުވަހު ފެށި މި ސާވޭ މި މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންގޮސްފައިވާއިރު، މިއީ ގްލޯބަލް ފިންޕްރިންޓް ޕްރޮޖެކްޓްގެ ދަށުން މޯލްޑިވްސް މެރިން ރިސާޗް ސެންޓަރާއި މޯޓޭ މެރިން ލެބް ގުޅިގެން ކުރިއަށްގެންދިޔަ ސާވޭއެކެވެ.
މި ސާވޭގެ މައިގަނޑު ބޭނުމަކީ ފަރުމަހާއި މިޔަރުގެ އިތުރުން މަޑީގެ އަބާދީ ދެނެގަތުމަށް ކުރިއަށްގެންދާ ސާވޭއެކެވެ. މި ސާވޭގައި ބެއިޓްޑް ރިމޯޓް އަންޑަވޯޓާ ވީޑިއޯ ސިސްޓަމްސް (ބީއާރުޔޫވީއެސް) ވަނީ ބޭނުންކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް