ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގުރުއަތު ނެގުމަށްފަހު ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުން މިއަދު ވަނީ ފަށާފައެވެ.
ހައުސިން މިނިސްޓްރީން މިކަން ހާމަކޮށްފައިވާއިރު، މި މަސައްކަތް ކުރިއަށްދަނީ ހައުސިން މިނިސްޓްރީ ކުރިން ހިންގި އިމާރާތް ބިމުގައެވެ. މި ރަޖިސްޓްރީތައް ދޫކުރުމަށްޓަކައި، ގޯތި ލިބިފައިވާ ކޮންމެ ފަރާތަކަށް ވަކިވަކިން ދުވަހާއި ވަގުތު ކަނޑައަޅައި، އެކަމުގެ މައުލޫމާތު މިނިސްޓްރީން ވަނީ ދީފައެވެ.
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގުރުއަތު ނެގުމަށްފަހު ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުންވަނީ މިއަދު ފަށާފައެވެ. ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްދަނީ މިނިސްޓްރީ ކުރިން ހިންގި އިމާރާތް ބިމުގައެވެ.#TeamMCHI pic.twitter.com/tX2Qnsxhts
— Ministry of Construction, Housing & Infrastructure (@MoCImv) July 12, 2025
ގުޅީފަޅަކީ މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ވިދާޅުވީ، ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތްވީހާ ވެސް އަވަހަކަށް ނިންމައި، ގޯތި ލިބިފައިވާ ފަރާތްތަކަށް ބިމުގެ ބާރާއި މިލްކުވެރިކަން އަވަހަށް ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
ގުޅީފަޅު ތަރައްގީކޮށް ނިންމުމަށްފަހު, އެތަނުގައި ދިރިއުޅުން ފެށުމުގެ ފުރުސަތު ގޯތި ލިބުނު ހުރިހާ ފަރާތްތަކަށް ވެސް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް