"ނޭޝަނަލް އެސެސަރ ޓްރެއިނިންގ"ގެ ނަމުގައި ދެ ދުވަހުގެ ވޯކްޝޮޕެއް ބާއްވައިފިއެއެވެ.
މި ވޯކްޝޮޕަކީ، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ)ގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި ވޯކްޝޮޕެކެވެ. އަދި އެެންހޭންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް (މީރީ ޕްރޮޖެކްޓް) ގެ އެއްބާރުލުމާއެކު ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގައި ޖުމްލަ 6 ފެސިލިޓޭޓަރުންނާއި 23 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ މަސައްކަތްތެރިން ބިނާކުރުމަށް އަމާޒުކޮށް ހިންގާ ޤައުމީ ފެންވަރުގެ އެސެސްމަންޓުތައް ކުރިއަށްގެންދިޔުމަށް ނޭޝަނަލް އެސެސަރުންނަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމެވެ.
މި ވޯކްޝޮޕްގައި ބައިވެރިވެ ތަމްރީނު ފުރިހަމަކުރެއްވި ބޭފުޅުންނާއި ސެޓްފިކޭޓް ޙަވާލުކުރައްވާފައިވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބޭހޭ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް، އަޙްމަދު ޝަފީއުއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް