"މީރީ" ޕްރޮޖެކްޓްގެ ފަރާތުން ހިންގާ "ޕިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" ގެ އެޕްލިކޭޝަންސް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މި ކޯސްތަކަކީ ބައިވެރިންނަށް އެއްވެސް ޚަރަދެއް ނުހިނގާ، މުޅިން ހިލޭ ފޯރުކޮށްދެވޭ ކޯސްތަކެކެވެ.
އިގްތިސާދަށް ބޭނުންވާ ތަފާތު އެކި ދާއިރާތަކުން ޒުވާނުން ތަމްރީނުކޮށް ވާޒީފާގެ ބާޒާރަށް ތައްޔާރުކުރުގެ މަޤްސަދުގައި، ވަރލްޑްބޭންކްގެ އެހީއާއެކު އެ މިނިސްޓްރީގެ ދަށުން ތަންފީޒުކުރަމުންދާ "މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒީލިއަންސް އޮފް ޔޫތު" (މީރީ) ޕްރޮޖެކްޓްގެ ފަރާތުން "ޕިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" ގެ އިފްތިތާހުކޮށްފިއެވެ. 16 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށް ހިންގާ މި ޕްރޮގްރާމްގެ ދަށުން ހިންގޭ ކޯސްތަކަކީ ބައިވެރިންނަށް އެއްވެސް ޚަރަދެއް ނުހިނގާ، މުޅިން ހިލޭ ފޯރުކޮށްދެވޭ ކޯސްތަކެކެވެ. ކޯސްތަކަށް ކުރިމަތިލުމަށް ހުޝައަޅާނީ ނެޝަނަލް ކެރިއަރސް ސާވިސް ގެ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށެވެ.
މި ޕްރޮގްރާމްގެ ދަށުން ޤައުމީ ސަނަދު ލެވެލް 3 ގެ ކޯސްތަކަކީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑި.އޭ) ގެ ސެޓިފައިޑް ޕްރެކްޓިކަލް އަދި ތިޔަރީ ހިމެނޭގޮތަށް ހިންގާ ކޯސްތަކެކެވެ. "ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" ގެ މަޤްޞަދަކީ، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމާއި، ބިދޭސީ މަސައްކަތްތެރިންގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމާއި، ބިދޭސީން ގިނަ ދާއިރާތަކުން ދިވެހި ޒުވާނުން ތަމްރީނުކުރުމެވެ. އަދި މި ކޯސްތައް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވެއެވެ.
FUTURE-READY YOUTH PROGRAM
100% FREE National Certificate Level III courses. Applications are now open — apply via the NCS Portal: https://t.co/1v4CWLZe7ODeadline: 06th July 2025 (Sunday) pic.twitter.com/HE2rXSiEgt
— Min. of Higher Edu, Labour and Skills Development (@MoHEmv) July 3, 2025
ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހިލޭ ޕްރޮގްރާމްތަކާއި އެ ޕްރޮގްރާމްތައް ހިންގާނެ ރަށްތައް:
- ނެޝަނަލް ސެޓްފިކެޓް 3 އިން ޖުވެލަރީ ޑިޒައިން އެންޑް މެނުފެކްޗަރިންގ (ދ.ރިނބިދޫ، ކ.މާލެ)
- ނެޝަނަލް ސެޓްފިކެޓް 3 އިން ގާޑެނިންގ (ދ.ކުޑަހުވަދޫ)
- ނެޝަނަލް ސެޓްފިކެޓް 3 އިން ހައުސް ކީޕިންގ (ބ.ފުޅަދޫ، ވ.ކެޔޮދޫ)
- ނެޝަނަލް ސެޓްފިކެޓް 3 އިން އެއަރޕޯޓް ރެޕްރެޒެންޓޭޓިވް ސަރވިސެސް (ސ.ހިތަދޫ، ކ.މާލެ)
- ނެޝަނަލް ސެޓްފިކެޓް 3 އިން ފްރަންޓް އޮފިސް ސަރވިސެސް (ކ.ދިއްފުށި، ކ.މާލެ)
- ނެޝަނަލް ސެޓްފިކެޓް 3 އިން ބަރިސްޓާ (ކ.މާލެ)
- ނެޝަނަލް ސެޓްފިކެޓް 3 އިން ވޭސްޓް-ޓު-ވެލްތު (ނ.ޅޮހި، ކ.މާލެ)
- ނެޝަނަލް ސެޓްފިކެޓް 3 އިން އިންވެންޓްރީ މެނޭޖްމަންޓް (ކ.މާލެ)
- ނެޝަނަލް ސެޓްފިކެޓް 3 އިން ޓުއަރ ގައިޑިންގ (ކ.ހިންމަފުށި، ކ.މާލެ)
- ނެޝަނަލް ސެޓްފިކެޓް 3 އިން ކޭޝިއަރިންގ (ކ.މާލެ)
- ނެޝަނަލް ސެޓްފިކެޓް 3 އިން ކޮމްޕެނީ އެޑްމިނިސްޓްރޭޝަން (ކ.މާލެ)
- ނެޝަނަލް ސެޓްފިކެޓް 3 އިވެންޓް މެނޭޖްމަންޓް (ހދ.ކުޅުދުއްފުށި، ކ.މާލެ)
- ނެޝަނަލް ސެޓްފިކެޓް 3 އިން އާޓް ސްކިލްސް (ހއ.ހޯރަފުށި، ށ.މިލަންދޫ)
- ނެޝަނަލް ސެޓްފިކެޓް 3 އިން ކޮމްޕިއުޓަރ ހާޑް ވެއަރ އެންޑް ނެޓްވޯކިންގ (ރ.ދުވާފަރު، ކ.މާލެ)
- ނެޝަނަލް ސެޓްފިކެޓް 3 އިން ޕްރޮގްރާމިންގ (ގދ.ތިނަދޫ، ޔ.ފުވައްމުލަށް)
- ނެޝަނަލް ސެޓްފިކެޓް 3 އިން ސްކޫލް ލެބޯޓަރީ ޓެކްނީކްސް (ކ.މާލެ)
- ނެޝަނަލް ސެޓްފިކެޓް 3 އިން ގެސްޓް ހައުސް އޮޕަރޭޝަންސް (ބ.ކިހާދޫ، ހަ.ކެލާ)
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް