މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރެއްގެ ގޮތުގައި ދިރާގު ހަމަޖައްސައިފި އެވެ.
ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ މި ކާނިވަލުގައި ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކަލިނަރީ އިވެންޓުގައި ތަފާތު އެކި ބާވަތްތަކުގެ ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކުން ބައިވެރިވާއިރު، ގޭގައި ކާބޯތަކެތި ތައްޔާރުކުރާ ކުދި ވިޔަފާރިތަކުން ފެށިގެން ނަން މަޝްހޫރު އެކި ފަންތީގެ ވިޔަފާރިތަކުން މި ކާނިވަލްގައި ބައިވެރިވާނެ އެވެ.
ދިރާގުން ބުނީ، ފުޑް ކާނިވަލް ފަދަ އިޖްތިމާއީ ހަރަކާތްތަކަށް އެއްބާރުލުންދީ ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެދިނުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށާއި އަދި ފާއިތުވި ދެ އަހަރު ވެސް މި ކާނިވަލް ބޭއްވުމަށް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެފައިވާ ކަމަށް ދިރާގުން ބުންޏެވެ.
މިއީ ފުޑް ކާނިވަލުގެ ތިން ވަނަ އެޑިޝަނެވެ.
މި ކާނިވަލް ކުރިއަށް ދާނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން 28 އަށް ހުޅުމާލެ ސެންޓްރަލް ޕާކްގައި ހަވީރު 4 އިން ރޭގަނޑު 11:30 އަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް