ހދ. އަތޮޅުގައި ދަނޑުވެރިކަން ކުރިއެރުވުމާއި ގުޅޭގޮތުން އެ އަތޮޅު ކައުންސިލާއި ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާ އާއި އެކު މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ހދ. އަތޮޅުގައި ދަނދުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާއި މެދުގައި އަތޮޅުކައުންސިލުން ހުރި ކަންބޮޑުވުންތައް ވަނީ ހިއްސާކުރައްވާފައެވެ. އަދި އެއަތޮޅުގައި ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް މިނިސްޓްރީ އާއި ގުޅިގެން އިތުރު ތަމްރީން ޕްރޮގްރާމްތައް ހިންގުމާއިބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ދަނޑުވެރިކަމަށް ހދ. އަތޮޅުން ޚާއްސަކޮށްފައިވާ ރަށްތަކާއި ގުޅޭގޮތުންނާއި އެއަތޮޅުގައި ދަނޑުވެރިކަން ކުރިއެރުވުމަށް މި ވުޒާރާ އާއި ގުޅިގެން އިތުރަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ހދ. އަތޮޅު ކައުންސިލުން މި ވުޒާރާގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި pic.twitter.com/zUV7eD1lm6
— Ministry of Agriculture and Animal Welfare (@MAAWmv) June 22, 2025
ހދ ކައުންސިލުން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ ހަސަން ދީދި އާއި މި ވުޒާރާގެ ޕާމަނަންޓް ޑިރެކްޓަރ ބައިވެރިވެވަޑައިނެވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް