ހދ. ނޮޅިވަރަންފަރުގެ ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އެ ރަށު ކައުންސިލުން އާންމުކޮށްފިއެވެ.
މި ލިސްޓު އާންމުކުރަމުން ހދ. ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިޢުލާނެއްގައި ވަނީ އެ ލިސްޓަގައިވާ ފާރާތްތަކުގެ ތެރެއިން ދެމަފިރިންނަށް ހައުސިންގ ޔުނިޓް ލިބޭ މިންވަރަށް ޕޮއިންޓް ލިބިފައިވާނަމަ، ދެމަފިރިންގެ ތެރެއިން ހައުސިންގ ޔުނިޓް ދޫކޮށްލާ ފަރާތެއް ކަނޑައަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައެވެ.
އެގޮތުން ދެމަފިރިންގެ ތެރެއިން ހައުސިންގ ޔުނިޓު ދޫކޮށްލާ ފަރާތުގެ މަޢުލޫމާތު ދެ ފަރާތުން ސޮއިކޮށް، އިނގިލީގެ ނިޝާން ޖަހައި ލިޔުމުން އެކަން ބަޔާންކޮށް 26 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެ އިދާރާއަށް ސިޓީއަކުން ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ނޮޅިވަރަންފަރު ކައުންސިލުން އާންމުކޮށްފައިވާ ލިސްޓަށް ބަލާއިރު، ހައުސިންގ ޔުނިޓަށް އެދި 253 މީހުންނެވެ. އޭގެ ތެރެއިން ހައުސިންގ ޔުނިޓަށް ޝަރުތު ހަމަނުވަނީ ހަތް ފަރާތެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް