މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ދިވެހިރާއްޖޭގެ ޔޫއެން މިޝަން ގުޅިގެން ބައިވެރިވި މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ޑރ. މުހައްމަދު ވަހީދު ހަސަން ބައިވެރިވެވަޑައިގަތެވެ.
އަދި މި ފޯރަމްގައި އެމްއެމްޕީއާރުސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެމްއެމްޕީއާރުސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ޢަބްދުالله ގިޔާސް ރިޔާޒާއި، އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ އިބްރާހީމް ޝިއުރީއެވެ.
އެމްއެމްޕީއާރުސީން މި ފޯރަމްގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތައް ހިމެނޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކައި، ވިޒިޓް މޯލްޑިވްސްއާއެކު މަސައްކަތްކުރުމުގެ ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
އެމެރިކާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މުހިންމު މާކެޓެއްގެ ގޮތުގައި އެމްއެމްޕީއާރުސީން ފާހަގަކޮށްފައިވެއެވެ. މިދިޔަ އަހަރު އެމެރިކާ އޮތީ ހަތްވަނައަށް އެންމެ ބޮޑު މާކެޓުގެ ގޮތުގައެވެ. ނަމަވެސް މި އަހަރު އަށްވަނައަށް ވަނީ ދަށަށް ގޮސްފައެވެ.
މި މާކެޓުގައި ދިވެހިރާއްޖެ ޕްރޮމޯޓްކޮށް ފަތުރުވެރިން އިތުރުކުރުމަށް އެމްއެމްޕީއާރުސީއިން މިއަހަރު ތަފާތު ހަރަކާތްތަކެއް ހިންގާފައިވާ ކަމަށް ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް