ދިވެހިރާއްޖޭގެ ދީނީ ދަޢުވަތުގެ މައިދާނުގައި ހަރަކާތްތެރިވެލެއްވި އިސް ޢިލްމުވެރިއެއްކަމަށްވާ ފަޟީލަތުއްޝައިޚް އިބްރާހިމް ފަރީދު އަވަހާރަވުމަކީ ރާއްޖޭގެ އިސްލާމީ ޚިދުމަތަށް ލިބިގެންދިޔަ ދެރައެއްކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޝައިޚް އިބްރާޙިމް ފަރީދު އަވަހާރަވެފައިވަނީ މިރޭ މެލޭޝިއާގައެވެ.
ޝައިޚް ފަރީދު އަވަހާރުވުމާއި ގުޅިގެން ތަޢުޒިޔާ ފޮނުއްވަވާ ވަޒީރު ވިދާޅުވީ، ޝައިޚް ފަރީދުއަކީ ޚިދުމަތްތެރި ޝަޚްސިއްޔަތެއްކަމަށާއި ވަރަށް ބޮޑެތި ޤުރުވާނީތަކެއްވެ ވަޑައިގަންނަވާފައިވާ ބޭފުޅެއްކަމަށެވެ.
ފަޟީލަތުއްޝައިޚު އިބްރާހީމް ފަރީދު އަވަހާރަވި ޚަބަރު އަޑުއެހީ ވަރަށް ފުން ހިތާމައާއެެކުގައެވެ. މާތް ﷲ ޝައިޚަށް ރަޙުމަތް ލައްވައި ސުވަރުގޭގެ މަތިވެެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން. ވަކިވެގެން އެދިޔައީ ގާތް އަޚެކެވެ. pic.twitter.com/WGbf8uS3zW
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 9, 2025
މީގެ އިތުރުން ޝައިޚް ފަރީދަކީ އިސްލާމީ މަސައްކަތުގައި ފާހަގަކޮށްލެވޭ އުސްތާޛެއްކަމަށާއި ގާތްކަން ބޭއްވެވި އަދި ބައްދަލުވާ ކޮންމެ ފަހަރަކުމެ ހެޔޮ ނަސޭހަތްދެއްވެވި ބޭފުޅެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ފަޟީލަތުއްޝައިޚް އިބްރާހިމް ފަރީދު އަވަހާރަވުމާއި ގުޅިގެން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިންވެސް ވަނީ ބަޔާނެއް ނެރެފައެވެ. ވުޒާރާގެ ބަޔާނުގައި ބުނެފައިވަނީ " ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަވަހާރަވުމަކީ އިސްލާމީ ދަޢުވަތަށް ލިބިގެން ދިޔަ ވަރަށް ބޮޑު ގެއްލުމެކެވެ. ފަޟީލަތުއްޝައިޚު އިބްރާހީމް ފަރީދަކީ އިސްލާމީ ދަޢުވަތުގެ މައިދާނުގައި ފާހަގަކޮށްލެވިފައިވާ ޢިލްމުވެރިއެކެވެ. ނުހަނު ޚިދުމަތްތެރި ހިތްވަރު ގަދަ ޝަޚްޞިއްޔަތެކެވެ. ދަޢުވަތުގެ މައިދާނުގައި ވަރަށް ބޮޑު ޤުރުބާނީތަކެއްވެ ވަޑައިގެންނެވި ބޭފުޅެކެވެ."
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް