އަވަށްޓެރި ބައެއް ޤައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
މިކަން ހާމަކޮށް އެޗްޕީއޭ އިން ބުނީ އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ހަލުވިކަމާއެކު ފެތުރެމުންދާތީ، މި ބަންދުގައި ދަތުރު ކުރާ ފަރާތްތަކުން މަދިރި ހެފުމުން ރައްކާތެރިވުމަށް ސަމާލުކަންދިނުމަށް އިލްތިމާސްކޮށްފައެވެ.
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ދަނީ ހަލުވިކަމާއެކު ފެތުރެމުން, މި ބަންދުގައި ދަތުރު ކުރައްވާ ފަރާތްތަކުން މަދިރި ހެފުމުން ރައްކާތެރިވުމަށް ސަމާލުކަންދެއްވާ! pic.twitter.com/ETyJUXgj4Z
— Health Protection Agency (@HPA_MV) June 4, 2025
އެޗްޕީއޭ އިން ވަނީ މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުންކުރުމަށް އެދިފައެވެ. މިގޮތުން ވަކި ޚާއްޞަ މާއްދާތަކެއް ހިމެނޭ މަދިރި ލޯޝަން އަދި ސްޕްރޭ ބޭނުންކުރުމަށް އެ އޭޖެންސީން އިލްތިމާސްކުރެއެވެ.
މީގެ އިތުރުން، ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާ ގޮތަށް ފޭރާންލުމަށާއި، ކުޑަދޮރު ފަދަ ތަންތާނގައި މަދިރި ދާ ޖެހުން ނުވަތަ ގޭތެރޭގައި މަދިރިގެ ބޭނުންކުރުމަށާއި، މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭ އިން ބުނީ ހުރިހާ ވައްތަރެއްގެ މަދިރިވެސް އެންމެ ގިނަވަނީ ހެނދުނާއި ހަވީރު ކަމަށެވެ. އީޑީސް މަދިރި އާންމުކޮށް ހަފަނީ ދުވާލު ގަޑީގައި ކަމަށާއި، އެންމެ ރަނގަޅީ ހުރިހާ ވަގުތެއްގައިވެސް މަދިރި ހެފުމުން ރައްކާތެރިވުން ކަމުގައި އެޗްޕީއޭއިން ބުންޏެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް