ސެޕްޓެމްބަރު 2025 ގައި ފަށާ އ.ދ.ގެ 80 ވަނަ ޖެނެރަލް އެސެމްބްލީގެ ނައިބު ރައީސެއްގެ މަޤާމަށް ދިވެހިރާއްޖެ އިންތިޚާބުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.
އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓެއްގައި މިކަން އިޢުލާންކުރައްވަމުން ވިދާޅުވީ، ބައިނަލްއަޤްވާމީ ބައިވެރިންނާއެކު، މިފެށޭ ޖެނެރަލް އެސެމްބްލީ އަކީ ކާމިޔާބު އެސެމްބްލީއަކަށް ހެއްދެވުމަށް މަސައްކަތްކުރައްވާނޭ ކަމަށެވެ. އަދި، ރާއްޖެއަށް މިފަދަ ފުރުޞަތެއް ލިބުމުން އެކަމަށް ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
Maldives has been elected as one of the Vice Presidents of the 80th Session of the United Nations General Assembly, which begins in September 2025.
We look forward to working closely with our partners to ensure that the 80th session of the @UN General Assembly is a success. We…
— Dr Mohamed Muizzu (@MMuizzu) June 2, 2025
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، މިއަހަރަކީ ރާއްޖެ އ.ދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި 60 އަހަރު ފާހަގަކުރާ އަހަރުކަމަށް ވިދާޅުވެ، ރާއްޖެއިން ދޭދޭގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް