ޗައިނާ އެމްބަސީގެ ފަރާތުން ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ.
މިތަކެތި ހަދިޔާ ކުރުމަށް މިއަދު ވަނީ ހެންވޭރު ބޯޅަ ގޭގައި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ތަކެއްޗާއި ހަވާލުވެވަޑައިގެންނެވި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިއުއެވެ. ޗައިނާ ސަރުކާރުގެ ފަރާތުން މި ތަކެތި ކުޅިވަރާއި ބެހޭ ވުޒާރާއާއި ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑުއަޅުއްވާފައި ހުންނަވާ ސަފީރެވެ.
މިއަދު ހަދިޔާކުރި ކުޅިވަރު ސާމާނުގެ ތެރޭގައި ހިމެނެނީ 400 ފުޓްބޯޅަ އާއި އެތުލެޓިކްސްގައި ބޭނުންކުރާ 60 ސްޓާޓިން ބްލޮކް އާއި 60 ހާޑަލްސްގެ އިތުރުން 1500 ޓޭބަލް ޓެނިސް ބޯޅަ އާއި 300 ރެކެޓާއި، 60 ޓީޓީ މޭޒުގެ އިތުރުން ސްކޯ ބޯޑުތަކާއި ޖަޖުންގެ ގޮނޑިތަކެވެ.
ޗައިނާ އަކީ ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ގިނަ އެހީތަކެއްވަމުން އަންނަ ގައުމެކެވެ. އެގޮތުން ކުޅިވަރު ސާމާނު ހަދިޔާކުރުމާއި، ދިވެހި އެތުލީޓުންނާއި ޓީމްތަކަށް ތަމްރީން ހެދުމުގެ ގިނަ ފުރުސަތުތަކެއް މީގެ ކުރިން ޗައިނާއިން ވަނީ ފަހިކޮށްދީފަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް