ބ. އޭދަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އޭދަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން 5.3 ކިލޯމީޓަރުގެ މަގު ތާރުއަޅައި، ދުވާރު ހަދައި، ފެންހިންދާ ނިޒާމު ގާއިމުކޮށް، ރޯޑް މާކިން އާއި ސައިން ބޯޑުތައް ބެހެއްޓުމުގެ މަސައްކަތް ކުރާނެއެވެ.
ބ. އޭދަފުށި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޢިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް… pic.twitter.com/L2W9yKOzCK
— Ministry of Construction, Housing & Infrastructure (@MoCImv) May 19, 2025
މިއީ 75,688,000 ރުފިޔާގެ މަޝްރޫއެކެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ.
އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއަރު ޖެނެރަލް (ރިޓަޔާޑް) ޢަލީ ޒުހައިރެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް