މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެ ކުއްޖާ ފެނިފައިވަނީ 12:18 ކަންހާއިރު ހުޅުމާލެ ފޭސް 1 އިން ކަމަށާއި ކުއްޖާގެ ހާލު ރަނގަޅުކަމަށެވެ.
މި ކުއްޖާ ހޯދަން ފުލުހުން މަސައްކަތްފެށީ، މިއަދު ހެނދުނު 08:30 ހާއިރު، ހުޅުމާލެ ފޭސް 2 ގެ ސްކޫލަކަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެންނެވެ.
އެގޮތުން، ހިޔާޓަވަރު 8 އިން ސްކޫލަށް ދިޔަ މި ކުއްޖާ ސްކޫލަށް ނުވަންނަކަމަށް އޭރު ފުލުހުން ބެލި ބެލުމުން ކަށަވަރުކުރެވުނެވެ. އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލް ގުޅިގެންނެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް