މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް 3.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.
އެގޮތުން، މި ފައިސާއަކީ، އޭޕްރީލް 28 ވަނަ ދުވަހު ކިރާފައިވާ މަހަށް ވާ ފައިސާއަށްވާއިރު، އެ ކުންފުނިން ވަނީ 54 ދޯންޏަކަށް 3,843,039ރ. ރުފިޔާ ދައްކައިފައިކަމަށްވެސް މިފްކޯއިން ބުނެފައިވެއެވެ. މި ފައިސާ ޖަމާކޮށްދީފައިވަނީ އެޕްރީލް 30 ވަނަ ދުވަހުއެވެ.
މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ޖަމާކޮށްދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް މިފްކޯއިން އެ ފައިސާ ޖަމާކުރަމުންދާއިރު، މަސްވެރި ސިނާއަތަކީ ދިވެހީންގެ ލޭނާރުގެ ގޮތުގައި އަލުން ފެންނާނެ ގޮތް ހެދުމަށް ބޭނުންވާ ފައިސާ މި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށާއި، މަސްވެރި ސިނާއަތަށް ކުރިއަށް އޮތީ ބަހާރު މޫސުން ކަމަށް މީގެ ކުރިން ވަޒީރު ޝިޔާމްވެސް ވަނީ ވިދާޅުވެފައެވެ.
Fishing vessel payments have been credited to respective fishing vessel accounts. Credit settled period (28 April 2025). pic.twitter.com/3VG43VO5KB
— MIFCO (@mifcomv) April 30, 2025
މިގޮތުން "ރިޔާސީ ބަޔާން 2025 ފޯރަމް" ގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ފާއިތުވި 40 އަކަށް އަހަރު ރާއްޖޭގެ މަސްވެރި ސިނާއަތަށް އޮތީ އަޅައިލާން ޖެހޭ ވަރަށް އަޅާނުލެވި ކަމަށާއި އެ ސިނާއަތުގެ ތަރައްޤީއަށް މާ ގިނަ މަސައްކަތްތަކެއް ސަރުކާރުތަކުން ކޮށްފައިނުވާކަމަށާއި އެހެންނަމަވެސް، ރައީސް މި އަހަރު ދެއްވި ރިޔާސީ ބަޔާނަކީ މަސްވެރި ސިނާއަތަށް އުންމީދީ ބަޔާނެއްކަމަށް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.
މި ސަރުކާރުގެ ފާއިތުވި އަހަރެއްހާ ދުވަހު މަސްވެރި ސިނާއަތުގެ ކުރިއެރުމަށް ކޮށްފައި ހުރި ކަންކަމާއި ކުރިއަށް ކުރަން ހުރި ކަންކަމަށް ބަލާއިރު މަސްވެރި ޢާއިލާތަކަށް ކުރިއަށް އޮތީ އުޖާލާ ދުވަސްތަކެއްކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް