ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ ކާބަފަައި ޒަމާނުއްސުރެ ދިވެހި މަސްކަނޑުތަކުގައި ދިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމަށެވެ.
ކާބަފަައި ޒަމާނުއްސުރެ ދިވެހި މަސްކަނޑުތަކުގައި ދިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް.
މަސްވެރިކަމުގެ ޞިނާޢަތް ނެގެހެއްޓުމަށް ރެޔާއިދުވާލު މަސައްކަތް ކުރައްވާ ހުރިހާ ޚިދުމަތްތެރީންނަށް ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ ތަހުނިޔާ ދަންނަވަން! pic.twitter.com/2wfff1xXsG— Dr Mohamed Muizzu (@MMuizzu) May 2, 2025
އަދި މަސްވެރިކަމުގެ ޞިނާޢަތް ނެގެހެއްޓުމަށް ރެޔާއިދުވާލު މަސައްކަތް ކުރައްވާ ހުރިހާ ޚިދުމަތްތެރީންނަށް ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ ތަހުނިޔާ ރައީސް ވަނީ ދަންނަވައިފައެވެ.
ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މޭ މަހުގެ 2 ވަނަ ދުވަހެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް