ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރައީސުލްޖުމުހޫރިއްޔާ އޮފީހުގެ ތަރުޖަމާން ހީނާ ވަލީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަަޤާމުގެ އިސްތިޢުފާ ހުށައެޅުއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިސްތިޢުފާ ޤަބޫލުފުޅު ކުރައްވައިފިކަމަށެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަަޤާމުގެ އިސްތިޢުފާ ހުށައެޅުއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިސްތިޢުފާ ޤަބޫލުފުޅު ކުރައްވައިފި.
— Heena Waleed (@MvSpokesperson) April 26, 2025
ސީޕީކަމުން ޝުޖާއު އިސްތިއުފާ ދެއްވީ ކޮން ސަބަބަކާހުރެ ކަން ކަށަވަރުނުވިނަމަވެސް، އިސްތިއުފާ ދެއްވާފައިމިވަނީ، މި މަހުގެ 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތާމެދު އާއްމުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.
އެގޮތުން، މި މައްސަލައިގައި ހިމެނޭ ބައެއް ކަންކަން ސިއްރުކުރަން ފުލުހުން މަސައްކަތް ކުރާކަމަށް ތުހުމަތުކޮށް މާލޭގައި ދަނީ ސިލްސިލާ މުޒާހަރާތަކެއްވެސް ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް