މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު (21އ)، އިތުރު ފަރުވާ އަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އާއިލާއިން ބުނެފިއެވެ.
އެގޮތުން އާއިލާގެ ފަރާތުން މިރޭ މީޑިއާތަކަށް މައުލޫމާތުދީފައިވާގޮތުގައި، ޔުމްނުއަށް އިތުރުފަރުވާދިނުމުގެ އިންތިޒާމުތަކާއި ބޭސްފަރުވާގެ ހުރިހާ ކަމެއް އެންސްޕާ މެދުވެރިކޮށް މިހާރުވަނީ ހަމަޖައްސާފައެވެ.
އެގޮތުން ޔުމްނު ފުރުވާލުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު ސްރީ ލަންކަން އެއާލައިންސް ފްލައިޓުން މެލޭޝިއާއަށް ކަމަށާއި ޔުމްނު ގެންދިޔުމާއި ބޭސްފަރުވާގެ ހުރިހާ ހަރަދެއް އެންސްޕާ މެދުވެރިކޮށް ސަރުކާރުގެ ހަރަދުގައި ހަމަޖައްސައި ދީފައިވާ ކަމަށް އާޢިލާގެ ފަރާތުން ބުނެފައިވެއެވެ.
ޔުމްނުއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ވެންޓިލޭޓަރުގައި ނަމަވެސް، މިހާރު އޭނާ ވަނީ ވެންޓިލޭޓަރުން ނަގައިފަ އެވެ. ނަމަވެސް އަދިވެސް ހާލު ސީރިއަސް އެވެ.
ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން، ހައްޔަރުކޮށްފައިވާ ގ. އެރިއަދޫ، ރައުދު އަޙްމަދު ޛިލާލްގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް