މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މަައްޗަށް އަންހެނަކު ވެއްޓުނު ހާދިސާގައި ފުލުހުން އަމަލުކޮށްފައިވާގޮތުގެ އިންކުއަރީއެއް ހިންގައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙްމަދު އަޒާން މަރްޒޫޤް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.
އެކަން ހާމަކޮށް މެމްބަރު ހުށަހެޅި ހުށަހެޅުން އެބޭފުޅާގެ އެކްސް އެކައުންޓުގައި ވަނީ ހިއްސާކުރައްވާފައެވެ.
އެގޮތުން 18 އެޕްރީލް 2025 ވަނަ ދުވަހު، މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ޢަމަލުކޮށްފައިވަނީ، އެ ބާވަތުގެ އެހެން މައްސަލަތަކުގައި ފުލުހުން އަމަލުކުރަމުން ގެންދާ ގޮތްތަކާއި ޚިލާފަށް ކަމަށާއި އަދި ފުލުހުންގެ މުއައްސަސާއިން ޖުމްލަ ގޮތެއްގައި އަމަލުކޮށްފައިވާ ގޮތާއި ގުޅިގެން ގިނަ އަދަދެއްގެ ޒުވާނުން ހިމެނޭގޮތަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންކަމަށް އެ ހުށަހެޅުމުގައި ބަޔާންކޮށްފައިވެއެވެ.
I’ve requested the National Security Committee of Parliament to launch an inquiry into the @PoliceMv response regarding the recent incident involving the young woman in Malé. Transparency and justice must be ensured without delay or bias. pic.twitter.com/8azArXZzRN
— Ahmed Azaan (@axanner) April 24, 2025
އަދި އެ މައްސަލައަކީ، ޚާއްސަގޮތެއްގައި ޒުވާނުންނާއި، ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ޙައްސާސް މައްސަލައަކަށްވެފައި، ދިވެހި ފުލުހުންގެ ޚިދުމަތުން އަމަލުކޮށްފައިވަނީ، އެއްވެސް ނުފޫޒެއް ނެތި، އިންސާފުވެރިކަމާއި އެކު ޤާނޫނާއި އެއްގޮތށްކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށް މެމްބަރުވަނީ ފާހަގަކުރައްވާފައެވެ.
އެހެންކަމުން، އެ މައްސަލައިގެ މައުލޫމާތު ފުލުހުންނަށް ލިބުނު ހިސާބުން ފެށިގެން އެ މުއައްސަސާގެ ފަރާތުން އަމަލުކޮށްފައިވާ ގޮތުގެ އިންކުއަރީއެއް ކުރިއަށް ގެންގޮސްދެއްވުމަށް އެދި މެމްބަރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުއްރަޙިމް ޢަބްދުﷲ އަށް ސިޓީއެއް ފޮނުއްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް