ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ނ. މަނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން މާޅެންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައިފިއެވެ.
މިކަން ހާމަކުރަމުން ފުލުހުން ބުނެފައިވަނީ، މި އެޕްރީލް މަހުގެ 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި މާޅެންދޫ ފަޅުގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓް ފެނިފައިވާކަމަށެވެ.
އަދި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 20.4 ގުރާމް ކަމަށާއި އަދި މިހާތަނަށް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް