ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުގެ ތަޙުޤީޤަށް ތުހުމަތުގައި ސުވާލުކުރުމަށް އިތުރު މީހަކު ހާޒިރުކުރަން އިޢުލާންކޮށްފިއެވެ.
އެގޮތުން، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައިވަނީ ފަހުދު މުޙައްމަދު، ދަފްތަރު ނަންބަރު ދރ 416 / މާލެ (38އ) އަށެވެ.
ފުލުހުން ވަނީ މައްސަލައިގައި ސުވާލުކުރުމަށް އެޕްރީލް 28 ވަނަ ދުވަހުގެ 10:00 އަށް ފަހުދު މުޙައްމަދު، ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވުމަށް އަންގައިފައެވެ.
މިފަދަ އެހެން މައްސަލައެއްގައި ސްކޭމް ސެންޓަރުގެ ތަޙުޤީޤަށް ތުހުމަތުގައި ސުވާލުކުރުމަށް އެހެން ދެ މީހަކު ހާޒިރުކުރަން މިއަދު ފުލުހުންވަނީ އިޢުލާންކޮށްފިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް