ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުގެ ތަޙުޤީޤަށް ތުހުމަތުގައި ސުވާލުކުރުމަށް ދެ މީހަކު ހާޒިރުކުރަން އިޢުލާންކޮށްފިއެވެ.
އެގޮތުން، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައިވަނީ ނަދީފް މުޙައްމަދު، ރަންކޮކާގެ / ގއ. ގެމަނަފުށި (36އ) އަދި މަޙްމޫދު ޢަބްދުﷲ، ހަލަވެލި / ޅ. ނައިފަރު (30އ) އެވެ.
ފުލުހުން ވަނީ މައްސަލައިގައި ސުވާލުކުރުމަށް އެޕްރީލް 28 ވަނަ ދުވަހުގެ 11:00 އަށް ނަދީފް މުޙައްމަދު އަދި ހަމަ އެ ދުވަހުގެ 12:00 އަށް މަޙްމޫދު ޢަބްދުﷲ، ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވުމަށް އަންގައިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް