މިންހެޔޮ ކާނާގެ މުހިންމުކަމާ ގުޅޭ ގޮތުން އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން ސެޝަނެއް ކުރިއަށްގެންގޮސްފިކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެގޮތުން، މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އިސްރަށްވެހިންގެ ނާދީއާއި ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން ގުޅިގެން ކަމަށްވެސް އެ ވުޒާރާއިންވަނީ ބުނެފައެވެ.
އަދި މި ސެޝަންގައި 48 އިސްރަށްވެހިން ބައިވެރިވެފައިވާކަމަށާއި، މިފަދަ އިތުރު ސެޝަންތައް ރާވާ ކުރިއަށް ގެންދިއުމަށް މި ސެޝަންގެ ބައިވެރިން އެދިފައިވާ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އިސްރަށްވެހިންނަށް މިންހެޔޮ ކާނާގެ މުހިންމުކަމާ ގުޅޭ ގޮތުން ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަންއާއި އިސްރަށްވެހިންގެ ނާދީ ގުޅިގެން މިއަދު ކުރިއަށް ގެންދެވުނު ސެޝަންގެ ތެރެއިން. pic.twitter.com/souEu7RRbm
— Ministry of Social and Family Development (@MSFDmv) April 10, 2025
އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީގައި ހުރުމަށް މިންހެޔޮ ކާނާއާއި ކަސްރަތަކީ މުހިންމު ރޯލެއް އަދާކުރާ ކަންކަން ކަމުގައިވާތީ، މިންހެޔޮ ކާނާއާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތައް އިސްރަށްވެހިންގެ ނާދީން ގެންދަނީ ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް