އެކުވެރި ދައުލަތްތަކުގެ އަންހެނުންގެ ކޮމިޝަންކަމަށްވާ "ކޮމިޝަން އޮން ދި ސްޓޭޓަސް އޮފް ވިމެން" ގެ މެންބަރުކަމަށް ދިވެހިރާއްޖެ އިންތިޚާބުވުމަކީ ލިބުނު ފަޚުރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، 2026 އިން 2030 އަށް ކުރިއަށްދާ އެ ކޮމިޝަންގެ ދައުރަށް ރާއްޖެ އިންތިޚާބުވުމާއި ގުޅިގެން އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި އެ ކޮމިޝަނަށް އިންތިޚާބުވި ހުރިހާ ޤައުމަކަށް މަރުޙަބާ ދަންނަވަމުން ވިދާޅުވީ، އަންހެނުންގެ ޙައްޤުތަކާއި ބާރުވެރިކުރުވުމާ ގުޅުންހުރި ކަންކަމުގައި ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ހުންނެވިކަމަށެވެ.
އަދި ވޭތުވެދިޔަ އަހަރުތަކުގައި، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އަންހެނުންގެ ޙައްޤުތަކާއި އަންހެނުންގެ ހައިސިއްޔަތު ކުރިއެރުވުމުގައި ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށާއި އުންމީދުފުޅަކީ އެ ކޮމިޝަނުގެ ހުރިހާ ޕާޓްނަރުންނާ އެކު، ކޮމިޝަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރެއްވުން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖެ އިންތިޚާބުވެފައިވަނީ އ.ދ. ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 2026-2030 ގެ ދައުރަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް