ފައިސާ ބޭނުންކޮށްގެން ކުޅޭ އޮންލައިން ގޭމްތައް މަނާކުރުމަށް އިންޑިއާ ސަރުކާރުން ވިސްނަން ފަށައިފި

ފައިސާ ބޭނުންކޮށްގެން ކުޅޭ އޮންލައިން ގޭމްތައް މަނާކުރަން އިންޑިއާ ސަރުކާރުން މަސައްކަތް ފަށައިފިއެވެ.

މިކަން ހާމަވެފައިވަނީ އަންގާރަ ދުވަހު އިންޑިއާގެ ސަރުކާރުން ހުށަހެޅި ބިލަކުންނެވެ. އެ ބިލުގައި ބަޔާންކޮށްފައިވާގޮތަށް ފައިސާ ބޭނުންކޮށްގެން ކުޅޭ އޮންލައިން ގޭމްތައް އިންޑިއާގައި މަނާކޮށްފިނަމަ، އެކަމުގެ ސަބަބުން އެތައް ބިލިއަން ޑޮލަރެއްގެ ބޭރުގެ އިންވެސްޓްމަންޓްތަކެއް ހޯދާފައިވާ ސިނާއަތަކަށް ވަރަށް ބޮޑު އަސަރެއް ކުރާނެކަމަށް ލަފާކުރެވެއެވެ.

އިންޑިއާގެ ސަރުކާރުން ހުށަހެޅި އެ ބިލުގައި ވަނީ، އޮންލައިން ގޭމިން ޕްރޮމޯޓް ކުރުމާއި ގަވާއިދު 2025 ގައި މި ކުޅިވަރުތަކުގެ ސަބަބުން ނަފްސާނީ ގޮތުންނާއި މާލީ ގޮތުން ލިބިދާނެ ގެއްލުމަކަށް އިޝާރާތްކޮށްފައެވެ. އަދި އެފަދަ ގޭމްތަކާއި އެފަދަ ހިދުމަތްތައް ފޯރުކޮށްދޭ އެއްވެސް ފަރާތަކުން "ހުށަހަޅައިގެން، އެހީވެ، ހިތްވަރު ދީ، ހިތްވަރު ދީގެން ނުވަތަ އެކަމުގައި ބައިވެރިވެގެން ނުވާނެ" ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ބޭރުގެ މީޑިއާތަކުން ބުނާގޮތުގައި މި ބިލު މިހާތަނަށް އާންމުކޮށްފައި ނުވި ނަމަވެސް، 13 ސޮފްހާގެ މި ބިލުގައި އެފަދަ އޮންލައިން ގޭމެއް ސިފަކޮށްފައި ވަނީ ފައިސާ އާއި އެހެނިހެން އިނާޔަތްތައް ލިބޭނެ ކަމުގެ އުއްމީދުގައި ބޭނުންކުރާ މީހަކު ފައިސާ ޖަމާކުރާ ގޭމެއްގެ ގޮތުގަ އެވެ.

ވެންޗާ ކެޕިޓަލް ފާމް ލުމިކާއީ އިން ބުނި ގޮތުގައި މިފަދަ ގޭމިންގެ އިންޑިއާގެ މާކެޓުގެ އަގު 2029 ވަނަ އަހަރު 3.6 ބިލިއަން ޑޮލަރަށް އަރާނެ އެވެ.

މިފަދަ ގޭމްތަކުގައި، އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިންގެ އެންޑޯސްމަންޓާއި މާކެޓިންގެ އެކި އެކި ހަރަކާތްތަކުގެ ސަބަބުން ރިއަލް މަނީ ގޭމިން އެޕްލިކޭޝަންތަކަށް ޝައުގުވެރިކަން އިތުރުވެ، ސްޓާޓްއަޕްސް ޑްރީމް11 އަދި މޮބައިލް ޕްރިމިއާ ލީގުން ހިންގާ މަޝްހޫރު ފެންޓަސީ ކްރިކެޓް ގޭމްތައް ވެސް ހިމެނެ އެވެ. ޕިޗްބުކްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޑްރީމް11 ގެ ވެލިއުއޭޝަން އަށް ބިލިއަން ޑޮލަރަށް އަރާއިރު މޮބައިލް ޕްރިމިއާ ލީގުގެ އަގަކީ 2.5 ބިލިއަން ޑޮލަރެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް