ސައުދީ އަރަބިއްޔާގެ ވަސީލަތްތަކަށާއި އެއާޕޯޓުތަކަށް އަމާޒުކޮށް ޔަމަންގެ ހޫޘީން ދެމުންދާ ވަރުގަދަ ހަމަލާތައް އިތުރުވަމުންދާތީ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހޫޘީންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެ ޖަމާއަތުން އުޅެނީ "ވަރަށް ގޯސްކޮށް" ކަމަށް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ، ހޫޘީންގެ މި އަމަލުތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އިރާނަށް އެއްވެސް އިރެއްގައި ނިއުކްލިއަރ ހަތިޔާރެއް ހޯދުމުގެ ފުރުސަތު އެމެރިކާއިން ނުދޭނެ ކަމަށް އަލުން ތަކުރާރުކުރައްވާފައެވެ.
ރިޔާޟްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށާއި ދައްމާމް އެއާޕޯޓުގެ އިތުރުން ޚާމިސް މުޝައިތު އަސްކަރީ މަރުކަޒަށް އަމާޒުކޮށް ހޫޘީން ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތައް ދެމުންދާއިރު، ސައުދީން ހޫޘީންނާ ދެކޮޅަށް ހިންގާ އަސްކަރީ ހަރަކާތްތަކުގައި އެމެރިކާއިން އަމަލީގޮތުން ބައިވެރިވުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
މި ހަމަލާތަކާ ގުޅިގެން ސަރަހައްދީ ސަލާމަތީ މަސްރަހު ނުހަނު ނުރައްކާތެރި ދަރަޖައަކަށް ގޮސްފައިވާއިރު، އިރާނާއި އިރާގުގެ ޚާރިޖީ ވަޒީރުން ވަނީ މަސްރަހު ފިނިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.





