އެމެރިކާއާއި އީރާނާ ދެމެދު އަސްކަރީ ކުރިމަތިލުންތައް އަލުން ފެށިގެން ދިޔުމާއެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަކީ "މަރުވެފައިވާ" ގައުމެއްގެ ގޮތުގައި ސިފ ކުރައްވައި، އީރާނުން ދޭ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދެއްވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ۔
މި އިންޒާރުތައް އައިސްފައިވަނީ އެމެރިކާއިން އީރާނުގެ ލާރަކް އައިލެންޑަށް ދިން ހަމަލާތަކުގެ ރައްދުގައި، އީރާނުން އުރުދުން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމާ ގުޅިގެންނެވެ.
ޓްރަމްޕް ވިދާޅުވީ އީރާނަށް ވަރުގަދަ އަދި ތަދު ހަމަލާތަކެއް ދެއްވާނެ ކަމަށާއި، އީރާނުގެ ލީޑަރުން ކުރައްވަމުންދާ އަމަލުތަކަށް އެ ބޭފުޅުން މަސްއޫލުކުރުވަންޖެހޭ ކަމަށެވެ.
މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ދެ ގައުމުގެ ދެމެދުގައި ހަމަލާތައް އަލުން ފެށުމާއެކު، މެދުއިރުމަތީގެ މަޝްރަހު އަނެއްކާވެސް ވަނީ ނުހަނު ބޮޑަށް ހޫނުވެފައެވެ. އަދި ދެ ގައުމުން ބަދަލުކުރަމުންދާ އަސްކަރީ ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ހަނގުރާމައެއް އިތުރަށް ފުޅާވެގެން ގޮސްދާނެ ކަމުގެ ބިރު ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ ފާޅުކުރަމުންނެވެ.




