އިރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ ހާމާނީ އަވަހާރަކޮށްލައިފިއެވެ.
އިޒްރޭލާއި އެމެރިކާއިން ދިން ހަމަލާއެއްގައި ހަމާނީ އަވަހާރަކޮށްލާފައިވާކަމަށް އިރާން ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.
ހަމާނީ އަވަހާރަކޮށްލާފައިވަނީ ދިރިއުޅުއްވާ ގޮކޮޅުގައި އުޅުއްވަނިކޮށް، ގެއަށް އަމާޒުކޮށްދިން ހަމަލާއެއްގައެވެ.
ރައްދުގައި އިރާނުން ވަނީ މެދުއިރުމަތީ ހަތް ގައުމަކަށް ހަމަލާދީފައެވެ. އެ ހަތް ގައުމުގައިވެސް އެމެރިކާގެ ސިފަައިންގެ މަރުކަޒުތަކަށް އަމާޒުކޮށްދިން ހަމަލާތަކުގައި ބޮޑެތި ގެއްލުން ލިބިފައިވެއެވެ.
އަސްކަރީ މަރުކަޒުތަކުގެ އިތުރުން އާންމު ތަންތަނަށްވެސް އިރާނުން ވަނީ ހަމަލާދީފައެވެ.
އިޒްރޭލުން އިރާނުގެ ސްކޫލަކަށް ދިން ހަމަލާއެއްގައި70 އަށްވުރެ ފިނަ ކުޑަކުދިން މަރާލައިފައިވެއެވެ.
އިރާނުން މިހާރުވެސް އެގައުމުތަކަށް ހަމަލާ ދެމުން އަންނަ އިރާނުން އަންނަނީ ވަރުގަދަ ރައްދު ދެމުންދާނެކަމުގެ އިންޒާރު ދެމުންނެވެ.




