ނާޒީ ޖަރުމަނުގެ މަޝްހޫރު ލީޑަރުގެ ނަމާ އެއްގޮތް ނަމެއް ގެންގުޅުއްވާ ބޭފުޅަކު، ނެމީބިއާގައި ބުދަ ދުވަހު ބޭއްވި ސަރަހައްދީ އިންތިހާބު ކާމިޔާބުކޮށް، ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގޮނޑި ދިފާއުކޮށްފިއެވެ.
ނެމީބިއާގެ އިލެކްޝަންސް ކޮމިޝަނުން ރަސްމީ ވޯޓުގެ ނަތީޖާ އަދި ނެރެފައި ނުވި ނަމަވެސް، ގިނަ ރިޕޯޓުތަކަކުން ބުނާ ގޮތުގައި އޫނޯނާ ކާމިޔާބު ކުރީ ބޮޑު ތަފާތަކުންނެވެ.
އުމުރުން 59 އަހަރުގެ މި އޭނާއަކީ 5،000 އަށް ވުރެ މަދު މީހުން ދިރިއުޅޭ އުތުރުގެ ކުޑަ ދާއިރާއެއްގައި މަޝްހޫރު ބޭފުޅެކެވެ. އޭނާގެ ނަމާ ގުޅިފައިވާ ތާރީޚަށް ބެލުމެއް ނެތި، 2020 ވަނަ އަހަރުގެ އިންތިޚާބު 85 އިންސައްތަ ވޯޓުން އޭނާ ކާމިޔާބު ކުރިއެވެ.
ސަރަހައްދީ ކައުންސިލަރެއްގެ ހައިސިއްޔަތުން، ރައްޔިތުންނާ ގާތުން ކުރާ މަސައްކަތްތަކަށާއި، ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ކުރި މަސައްކަތްތަކަށް އޭނާއަށް ވަނީ ތަޢުރީފު ލިބިފައެވެ.
އޭނާ ބުނާ ގޮތުގައި، އޭނާގެ ބައްޕަ އޭނާއަށް ނަން ދިނީ މަޝްހޫރު ނާޒީ ލީޑަރުގެ ނަމުންނެވެ. ނަމަވެސް، އޫނޯނާ ފާހަގަކުރި ގޮތުގައި، "އެއީ ކޮން ނަމެއްކަން އޭނާ (އޭނާގެ ބައްޕައަށް) އެނގިވަޑައިގެންފައި ނެތީ ކަމަށް ވެދާނެއެވެ."
"ކުޑައިރު އަހަރެން އެއީ މުޅިން އާދައިގެ ނަމެއްގެ ގޮތުގައި ދެކުނީ،" އޫނޯނާ ބުނެފައިވެއެވެ. "އެއީ އަހަރެންނަކީ އެޑޮލްފް ހިޓްލަރުގެ ސިފަތައް ހުރި މީހެއް ނުވަތަ އޭނާއާ އެއްގޮތް މީހެއް ކަމުގެ މާނައެއް ނޫނެވެ."
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




