ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ގަތަރަށް ރޭ ފުރާވަޑައިގެންފި އެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ އަރަބް އިސްލާމިކް ސަމިޓަށް ތައްޔާރުވުމަށް ބާއްވާ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ބައްދަލުވުމުގައި އިޒްރޭލުން ދާދިފަހުން ގަތަރަށް ދިން ހަމަލާއާ ގުޅޭގޮތުންނާއި އަދި އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ.
މިނިސްޓަރު ގަތަރަށް ފުރާވަޑައިގެންފައި މިވަނީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖާމައަތުން ގަތަރުގައި ބޭނުންކުރާ އިމާރާތަކަށް އިޒުރޭލުން ހަމަލާދީފައިވާތީ އަރަބި އަދި އިސްލާމީ ގައުމުތަކުން އިޒުރޭލުގެ ހަމަލާ ކުށްވެރިކުރަމުންދާ ވަގުތެއްގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




