އިސްރާއީލުން ޢައްޒާ އެއްކޮށް ހިސާރުކޮށް ފުނޑުފުނޑުކޮށްލުމުގެ މަސައްކަތްތައް ފަށައި ހަމަލާތައް ވަރުގަދަކޮށްފިއެވެ.
މަޢުލޫމާތު ލިބޭގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ފެށި ވަރުގަދަ ހަމަލާތަކާއެކު، ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ޣައްޒާ ސިޓީ ދޫކޮށް ހިޖުރަކުރުމަށް މަސައްކަތްކުރަމުންނެވެ. މިލިއަނަކަށްވުރެ ގިނަ މީހުން ދިރިއުޅޭ ފަލަސްތީނު ސިޓީގެ ބޭރުގައި ތިބެ އިސްރާއީލް އަސްކަރިއްޔާއިން ޢައްޒާ އެއްކޮށް ފުނޑުކޮށްލުމުގެ ބޮޑު ޕްލޭނާ އެއްގޮތަށް މަސައްކަތްފަށާފައި މިވަނީ އެތައް ދުވަހެއް ވަންދެން ބޮމުގެ ހަމަލާތަކާއި ބަޑީގެ ހަމަލާތައް ދެމުން ދަނިކޮށެވެ.
މިކަމުގެ ސަބަބުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ހަމަލާއެއް ދިނުމުން ކޮންމެހެން ވެސް ކުރިމަތިވާނެ މަރުތަކާއި ހަލާކުތައް ހުއްޓުވުމަށް ވަގުތުން ހަނގުރާމަ ހުއްޓާލުމަށްވެސް ވަނީ ގޮވާލައްވާފައެވެ.
އެހެންނަމަވެސް، އިސްރާއީލުގެ އަމާޒަކީ ދުނިޔޭގެ ނުރުހުންތަކާ ކުރިމަތިލާން ޖެހިފައިވީ ނަމަވެސް، މުޅި ޣައްޒާ ސިޓީގެ ކޮންޓްރޯލް ހިފުމުގެ ވިސްނުމުގައި އިސްރާއީލުން ދެމިތިބިކަން ހާމަކުރުމެވެ. އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވީ ހަމަލާއަށް ތައްޔާރުވުމުގެ ގޮތުން ސިފައިން މިހާރު ހަރަކާތްތެރިވަނީ ޒީތޫން އަދި ޖަބާލިއާ ސަރަހައްދުގައި ކަމަށެވެ. މި އޮޕަރޭޝަނަށް ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޓްޒްގެ ރުހުން އަންގާރަ ދުވަހު ލިބިފައިވާއިރު، މި އޮޕަރޭޝަން މި ހަފުތާގެ ފަހުކޮޅު ސެކިއުރިޓީ ކެބިނެޓަށް ހުށަހަޅުއްވާނެކަމަށްވެސް ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
އައްޒާ ހިސާރުކުރުމުގެ ބޮޑު ޕްލޭނާއެކު، އިސްރާއީލުން ވަނީ ގާތްގަނޑަކަށް 60،000 އެއްހާ ރިސާވިސްޓުން ހާޒިރުކޮށް، އެކްޓިވް ޑިއުޓީ ސިފައިންނަށް މި އޮޕަރޭޝަންގައި ބައިވެރިވުމުގެ ފުރުސަތު ދީފައެވެ. ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި ޕްލޭންގެ ޓައިމްލައިންތައް ހަލުވި ކޮށްފައިވާއިރު އޭނާ މި ޕްލޭން ސިިފަކޮށްފައިވަނީ ޢައްޒާގެ "އެންމެ ފަހުގެ ޓެރަރ ބާރުތައް" ގޮތުގައެވެ.
މިކަމާ ގުޅިގެން ހަމާސް އިން ނެރުނު ބަޔާނެއްގައި ވަނީ އިސްރާއީލުގެ ލީޑަރު ޣައްޒާ ސިޓީގައި ކުށެއް ނެތް އާންމުންނާ ދެކޮޅަށް ހިންގަމުން އަންނަ އަނިޔާވެރި ހަނގުރާމައެއް ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓި ކަމަށް ތުހުމަތުކޮށް، ސަރަހައްދީ މެދުވެރިން ހުށަހެޅުއްވި އާ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމާ މެދު އިސްރާއީލުގެ އިހުމާލުވުން ކުށްވެރިކޮށްފަ އެވެ. މި ހުށަހެޅުމާ ގުޅިގެން އިސްރާއީލުން އަދި ރަސްމީކޮށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
އިސްރާއީލުން ޣައްޒާގެ ބާރުގެ ދަށަށް ގެނައުމުގެ ޕްލޭނަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނައިރު، ޣައްޒާސިޓީގައި ދިރިއުޅޭ ފަލަސްތީނުގެ އެތައް ހާސް ބަޔަކަށް ޣައްޒާގެ ދެކުނުގެ ހިޔާތަކުގައި ހިމާޔަތް ހޯދުމުގެ އަމުރެއް ލިބޭނެ ކަމަށް ބެލެވެއެވެ. އިސްރާއީލުގެ ގިނަ ބައިވެރިން ތަކެއް މި ޕްލޭނަށް ފާޑުކިޔަމުން އަންނައިރު، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ބުދަ ދުވަހު އިންޒާރު ދެއްވާފައި ވަނީ އެ ޕްލޭނުގެ ސަބަބުން ކާރިސާއެއް ކުރިމަތިވެދާނެ ކަމަށާއި މުޅި ސަރަހައްދު ދާއިމީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓުމުގެ ނުރައްކާ އެބައޮތް ކަމަށެވެ.
އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑްކްރޮސް (އައިސީއާރުސީ) އިން ބުނީ، ގެދޮރު ގެއްލުމާއި ކުރިމަތިލުންތައް ވަރުގަދަކުރުމަކީ ޣައްޒާގެ 2.1 މިލިއަން ރައްޔިތުންނަށް މިހާރުވެސް ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތު އިތުރަށް ގޯސްވެދާނެ ކަމެއް ކަމަށެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް އިސްރާއީލުގެ ފަރުވާލެއްނެތެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް