ގދ. ވާދޫގައި ހުންނަ ބީއެމްއެލްގެ އޭޓީއެމްއަށް ފިހިގަނޑަކުން ގެއްލުންދިން މައްސަލަ ފުލުހުން ތަހުގީގުކުރަނީ

ގދ. ވާދޫގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްއަށް ފިހިގަނޑެއް ބޭނުންކޮށްގެން ގެއްލުން ދީފައިވާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވާއިރު، މީހަކު ހައްޔަރުކުރި ކަމެއް ވެސް ބުނެފައެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ، އޭޓީއެމްގެ ނަންބަރުތައް ޖަހާފައިވާ ބަޔަށް ކުނިކަހާ ފިހިގަނޑެއް ޖަހާފައިވާ މަންޒަރެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް