ކަސްޓަމްސް މުވައްޒަފުންގެ ފްލެޓް މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެ: މިނިސްޓަރު އިޙްސާން

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންނަށް ޚާއްޞަކޮށް ހުޅުމާލޭގައި ފްލެޓް އެޅުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފަށާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ކަސްޓަމްސްގެ ޚިދުމަތަށް 136 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަންނަ އަހަރަކީ އެތަނުގެ އަމަލީ މަސައްކަތް ފެށިގެންދާނެ އަހަރު، ފުރަތަމަ ކުއާޓަރު ތެރޭގައި، އަމަލީ މަސައްކަތްތައް މާނައަކީ ކޮންސްޓްރަކްޝަން މަސައްކަތްތައް ފެއްޓޭ ވަރަށް އެތަނުގެ މަސައްކަތްތައް ބައްޓަން ކުރުން،" ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ހުޅުމާލޭގައި މި މަޤްޞަދަށް ކަނޑައަޅާފައިވާ ބިމުގައެވެ. މި މަޝްރޫޢުގެ ސަބަބުން ކަސްޓަމްސް މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދައުލަތުގެ މާލީ ހާލަތު އޮތް ގޮތުން ދަތިތަކެއް ހުރި ނަމަވެސް، ކަސްޓަމްސް މުވައްޒަފުން ކުރާ ހައްސާސް މަސައްކަތުގެ އަގުވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދެއްވާފައި ކަމަށް ވެސް އިޙްސާން ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް