ވޭތުވެދިޔަ 3 އަހަރު ސްޓޫޑެންޓް ލޯނަށް 1،599 މިލިއަން ރުފިޔާ ހޭދަކޮށްފި

ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ސްޓޫޑެންޓް ލޯން ސްކީމަށް ސަރުކާރުން 1،599 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ހޭދަކޮށްފިއެވެ.

ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މަތީ ތަޢުލީމުގެ ސްކީމްތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ސްޓޫޑެންޓް ލޯން ސްކީމަށެވެ.

އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ 3 އަހަރު ދުވަހު މަތީ ތަޢުލީމުގެ ސްކޮލަރޝިޕްތަކަށް 670 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ފުރަތަމަ ޑިގްރީ ސްކީމަށް 399 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

މި މުއްދަތުގައި މަތީ ތަޢުލީމު ހާސިލުކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ސްކީމްތަކުން 11،161 ދަރިވަރުންނަށް ވަނީ ފުރުޞަތު ދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް