ގަމު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ސީލިންގުގެ ބައެއް އެނދެއްގެ މައްޗަށް ވެއްޓިއްޖެ

ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގެ ސީލިންގުގެ ބައެއް، އެތަނުގައި ބަލިމީހުން ބާއްވާ އެނދެއްގެ މައްޗަށް ވެއްޓިއްޖެއެވެ.

މި ހާދިސާ ހިނގީ ހޮނިހިރު ދުވަހުއެވެ. ސީލިންގު ވެއްޓުނު ވަގުތު، އައިސީޔޫގައި ބަލިމީހަކު ފަރުވާ ހޯދަމުން ދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.

ހޮސްޕިޓަލުގެ އައިސީޔޫގެ ސީލިންގުން ފެން ލީކުވާތާ އަހަރެއްހާ ދުވަސް ވެފައިވާ ކަމަށާއި، ސީލިންގުގެ ބައެއް ވެއްޓިފައިވަނީ ފެން އެޅި ފީވުމުގެ ސަބަބުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް ލީކުވާ މައްސަލައަށް އަދިވެސް ހައްލެއް ލިބިފައެއް ނުވެއެވެ.

ސީލިންގު ވެއްޓުމުގެ ސަބަބުން ބަލިމީހަކަށް ނުވަތަ ހޮސްޕިޓަލުގެ މުވައްޒަފަކަށް އަނިޔާއެއް ލިބިފައިވޭތޯ އަދި ސާފެއް ނޫނެވެ.

މިކަމާ ގުޅޭގޮތުން ގަމު ރީޖަނަލް ހޮސްޕިޓަލުގެ ރަސްމީ ބަހެއް އަދި ހާމައެއް ނުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް