ނާސްތާއަށް ފަހު ނޭވާލާން އުނދަގޫވެގެން ލަންކާގައި 36 ދަރިވަރަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީލަންކާގެ މަސްކެލިޔާ ސަރަހައްދުގައި ހުންނަ ސެއިންޓް ޖޯސެފްސް ނޭޝަނަލް ކޮލެޖުގެ 36 ދަރިވަރަކު ހެނދުނުގެ ނާސްތާ ނެގުމަށް ފަހު ކުއްލިއަކަށް ނޭވާލާން އުނދަގޫވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފިއެވެ.

ރިޕޯޓްތަކުގައި ބުނާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 8:45 ގެ ފަހުން، އެ ސްކޫލުގެ ޕްރައިމަރީ ބައިގައި ކިޔަވާ 96 ދަރިވަރަކު ނާސްތާ ނެގި ފަހުންނެވެ. ނާސްތާއަށް ފަހު ކްލާސްރޫމްތަކުގައި ތިއްބައި، އޭގެ ތެރެއިން 36 ކުއްޖަކަށް ނޭވާލުމުގެ އުނދަގޫތަކެއް ކުރިމަތިވިއެވެ.

ހޮސްޕިޓަލުގެ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި، ފަރުވާ ދިނުމަށް ފަހު އޭގެ ތެރެއިން 30 ދަރިވަރަކު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. ނަމަވެސް ފަސް ދަރިވަރަކަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް