އާންމު ތަނެއްގައި ގާބުރިއެއް ހިފައިގެން އުޅުނު އަންހެނެއްގެ ބަންދު 15 ދުވަހަށް އިތުރުކޮށްފި

އާންމު ތަނެއްގައި ގާބުރިއެއް ހިފައިގެން އުޅުނު ތުހުމަތުގައި ހައްޔަރުކުރި 35 އަހަރުގެ ދިވެހި އަންހެނެއްގެ ބަންދު، ކްރިމިނަލް ކޯޓުން މިއަދު އިތުރު 15 ދުވަހަށް ދިގުކޮށްފިއެވެ.

އޭނާގެ މައްޗަށް ކުރަނީ އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ކުރުމުގެ ތުހުމަތެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އާންމު ތަނެއްގައި ގާބުރިއެއް ހިފައިގެން އުޅެނިކޮށް ކަމަށް ކޯޓުން ވަނީ ބުނެފައެވެ. އޭނާގެ ބަންދަށް ކޯޓުން މީގެ ކުރިންވެސް ޖެހީ 15 ދުވަހެވެ.

ކޯޓު އަމުރުގައިވާ ގޮތުން، އޭނާއާ ދެކޮޅަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ސީނަށް ދިޔަ ފުލުހުން ހުށަހެޅި މައުލޫމާތު ހިމެނެއެވެ.

މީގެ އިތުރުން، މި މައްސަލައިގައި އޭނާގެ ފަރާތުން ދެއްކި ވާހަކަތަކާއި، ތަހުގީގަށް އޭނާ ދީފައިވާ ބަޔާނުގައި ހުރި ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް