ޕިކަޕެއްގެ ތެރޭގައި 41 އަހަރުގެ ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާލޭގެ ހުސައިނީގޯޅީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް 41 އަހަރުގެ ދިވެހި ފިރިހެނަކު ފެނި، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެމީހާ މަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ހުސައިނީގޯޅީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ހަބަރު ހުސްވެފައި އޮތް މީހަކު އޮތްކަމުގެ މައުލޫމާތު މިއަދު ހެނދުނު 09:17 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ.

އެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް، އެ މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި، ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެ މީހާ މަރުވެފައިވާކަން ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވި ސަބަބު އަދި އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް