ފަސް ރުފިޔާ

ބާޒާރުގައި 5 ރުފިޔާގެ ނޫޓު މަދުވުމާ ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެ ނޫޓުގެ އައު ސްޓޮކެއް ގެނެސް، މާދަމާއިން ފެށިގެން ބާޒާރުގައި ދައުރުކުރުމަށް ނިންމައިފިއެވެ.

އެމްއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި ބާޒާރުގައި 5 ރުފިޔާގެ ނޫޓު މަދުވާން ދިމާވީ މިހާރު ދައުރުކުރާ ނޫޓުތައް ބާވެ ހަލާކުވުމުގެ ސަބަބުންނާއި، އާންމުކޮށް ބޭނުންކުރާ ނޫޓަކަށް ވެފައި ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއަށް ޖަމާކުރާ މިންވަރު މަދުވުމުންނެވެ.

އަލަށް ދައުރުކުރަން ނެރޭ 5 ރުފިޔާގެ ނޫޓުގައި 31 ޖުލައި 2025 (6 ޞަފަރު 1447) ގެ ތާރީޚު ޖަހާފައިވާއިރު، ސޮއިކުރައްވާފައިވަނީ ގަވަރުނަރު އަހްމަދު މުނައްވަރުއެވެ. މިއީ 2017 ގައި "ރަން ދިހަފަހެއް" ސީރީޒްގެ 5 ރުފިޔާގެ ނޫޓު ނެރުނު ފަހުން އޭގެ އައު ސްޓޮކެއް ގެނައި ފުރަތަމަ ފަހަރެވެ.

މި އައު ނޫޓުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާއިރު، މިހާރު ދައުރުވަމުންދާ 5 ރުފިޔާގެ ނޫޓުތައްވެސް ސެލިއުލޭޝަންގައި ބޭނުންކުރެވެމުންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް